ރައިވަރުގެ ދޭހަވާ މާނަ
1 ބާރަމާ އެކުން ކަށަ
( އެކުން މާބާރަކަށަ )
ޔާތިވަކަ
ނުގަހާށެ ރަށަ ( ތިޔާވަކަރަށަ ނުގަހާށެ )
އާދޭސް
މިގޮކުރަމެތަށަ ( މިގޮށަ އާދޭސް ކުރަމަ )
މާލެ ތިރިމޭސް
ނަށަ ( މާލޭމޭސް ތިރިނަށަ )
ވާހިދު ތިހިދު
ފުރޯމަކޮށި ( ފުރޯ މިޔަމަތި ކޮށިވާހިނދު )
ދާއިދިކީލި
ނުނަމަކޮށި ( އިދިކީލި ކޮށި ނުދާނަމަ )
-
ކަންޒުލް އަދަބު -
-ރައިވަރު ނަންބަރ
13 -
ކޮންމެކަމެއް
ކުރާއިރުވެސް އެކަމެއް ކުރަންވާނީ އެކަމެއް ކުރެވެން އޮތް އެންމެ
ފަސޭހަގޮތަކަށެވެ. އުނދަގޫ ގޮތް
އިޚްތިޔާރު ކޮށްފިނަމަ އެކަމެއް ކުރުމަށް އެހާ
ފަސޭހައެއް ނުވާނެއެވެ. އަދި އެކަމުން ގެއްލުން ތަކެއްވެސް ލިބިދާނެއެވެ.
2 ދޫކަތުނަނޭވެ މުޅަ ( މުޅަދޫ ކަތުން ނޭވެ )
ދޫއުފަންވީ
ތެރަށްފުޅަ ( ފުޅަދޫ ތެރަށް އުފަންވި )
ދޫނުވާ
ދެއްވިނަމަހުޅަ ( ހުޅަވާދޫ
ނުދެއްވިނަމަ )
ދޫދެވާ
ވާނަމޭގުޅަ ( ދެވާދޫ ގުޅަވާނަމޭ )
ދޫދިގަވިފަޅު
އިހަށް ގޮތަށް ( ދިގަދޫ އިހަށް
ފަޅުވިގޮތަށް )
ދޫހަނިމާ ވާ
ގޮތަށް ( ހަނިމާދޫ ވާ ގޮތަށް )
-
ކަންޒުލް އަދަބު -
އަހަރެން
ބޭނުންކަމެއް ނުކޮދީފިނަމަ ކޮންމެ ފަދަ ކަމެއް ކޮށްގެންވެސް އަހަރެން އެކަމެއް
ކުރާނަމެވެ.
ރައިވަރު ޝަރަހަކުރުން
1 ރޭތަ ބަލިތަކު ހިނގާ ( ބަލިތަކު ތެރޭ ހިނގާ )
ބޭހާއި ފަރުވާތަކާ ( ބޭހާއި ފަރުވާތަކާ )
ދޭހަކޮށް
ދިނަކަސް ކިޔާ ( ކިޔާ ދޭހަކޮށް ދިނަކަސް
)
މޭރުން ސަފުން
ނުވަންޏާ ( ސަފުން މޭރުން ނުވަންޏާ )
ތޭނެމަބު ބަލަ
ބަހެއްނާނެ ( ބަލަ މަބުނާނެ ބަހެއްނެތޭ )
ހޭކަމުދާން
އޮންނާނެހޭ ( ކަމުދާން އޮންނާނެހޭ )
-ކަންޒުލް އަދަބު-
ބަލިތަކުގެ ބޭހާއި ފަރުވާތައް ކިޔައި ދޭހަކޮށް ދިނަސް
މޭރުން ނުވާނަމަ ( ނޭނގޭނަމަ ) އެކަމާމަބުނާނެ ބަހެއްނެތެވެ. އެގޮތް ކަމުދާނެ
ހެއްޔެވެ؟ އިސްލާމްދީނުގައި އަހަރެމެންނަށް ވަނީ އުނގެނުމަށް ބާރު އަޅުއްވާފައެވެ.
އެހެން ކަމުން އަހަރެމެން ކޮންމެ މީހަކުވެސް ދިރިއުޅުން އޭގެ އެންމެ ފުރިހަމަ
ގޮތުގައި ބައްޓަން ކުރުމަށްޓަކައި އެމީހަކަށް ވާވަރަކުން ޢިލްމު އުނގެނެއް
ޖެހެއެވެ. އެމީހަކު ކުރިޔަށް ދިޔުމަށްޓަކައި ޚިޔާރުކުރަން ޖެހޭނީ އެމީހެއްގެ
ޤާބިލުކަން ހުރި ދާއިރާއެކެވެ. އެކަމެއްގެ ޤާބިލުކަން ނެތް މީހަކު ކިތަންމެ
ވަރަކަށް އެއްޗެއް ދަސްކުރަން އުޅުނަސް ދަހެއް ނުވާނެއެވެ. މިސާލަކަށް
ބޭސްފަރުވާގެ ދާއިރާއިން ކިތަންމެ ވަރަކަށް ކުރިޔަށް ދާން އުޅުނަސް އެކަމުގެ
ޤާބިލުކަން ނެތް މީހަކަށް އެއްވެސް އެއްޗެއް ނޭނގޭނެއެވެ.
0 comments :
Post a Comment