Ads 468x60px

Wednesday, October 16, 2013

ސުނާމީއަށް ފަހު ހއ. އިހަފަރު

ތަޢާރަފް
2004 ވަނަ އަހަރުގެ ޑިސެންބަރ 26 ވަނަ ދުވަހު ދިވެހިރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި ވަނީ ވަރަށް ގިނަ ރަށްތަކަކަށް ގެއްލުންވެފައެވެ. ހަމަމިގޮތުން ހ.އ އިހަފަރަކީވެސް ސުނާމީ ކާރިސާގައި ގެއްލުންތަކެއް ލިބިފައިވާ ރަށެކެވެ. ޙާއްސަކޮށް އެރަށުގެ ފަޅު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. އެހެންކަމުން މިފަޅު މަރާމާތު ކުރުމުގެ މަސައްކަތް ފަށާފައިވަނީ 26 ޑިސެންބަރ 2010 ވަނަ ދުވަހުއެވެ.
މި މަސައްކަތް ކުރަމުންދާ ގޮތާއިމެދު ހިތްހަމަނުޖެހިގެން އެ ރަށުގެ ރައްޔިތުން ނިކުމެ ވަނީ މަސައްކަތް ހުއްޓުވާފައެވެ. މިއީ މިނިސްޓްރީ އޮފް ހައުސިންގެ ފަރާތުން މި މައްސަލަ ހިނގައިދިޔަ ގޮތް ދިރާސާކުރުމަށް ފަހު ލިޔާ ރިޕޯޓެކެވެ. މި ރިޕޯޓް ބިނާވެފައިވަނީ ކުރިން ފަޅު ބިނާކުރިގޮތާއި،ރަށުގެ ޙާލަތާއި،ފަހުން ފަޅު މާރާމާތު ކުރުމުގައި ދިމާވި މައްސަލަތަކާއި،މަސްވެރިކަމަށް ކުރި އަސަރާއި އަދި މިކަން ހައްލު ކުރުމަށް އެޅިދާނެ ފިޔަވަޅު ތަކުގެ މައްޗަށެވެ.
ކުރީގެ ފަޅު ބިނާކުރިގޮތް
އަޅުގަނޑުމެން ދިރާސާކުރިގޮތުގައި ހ.އ އިހަފަރުގެ ފަޅު ފުރަތަމަ ފުންކުރީ 1990 ވަނަ އަހަރުއެވެ. އެފަހަރު ފަޅު ފުންކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިޔައީ ރަށުގެ ރައްޔިތުންގެ ޚަރަދުގައެވެ. މޫސުމީ ބަދަލުތަކާއި އުދަ އެރުމުގެ ސަބަބުން ފަޅަށް ބޮޑެތި ގެއްލުންތަކެއް ލިބިގެން ދެވަނަ ފަހަރަށް ފަޅު ފުންކުރުމުގެ މަސައްކަތް ކޮށްފައިވަނީ 2000 ވަނަ އަހަރު ސަރުކާރުގެ ބެލުމުގެ ދަށުންނެވެ. މި ފަހަރު މަސައްކަތް ކުރިޔަށް ގެންދިޔައީ އެމް.ޖީ.ސީ.ޓީގެ ފަރާތުން   
ރައްޔިތުންނާ ބައްދަލުކޮށް ރައްޔިތުންގެ ލަފާ ހޯދައިގެންނެވެ. މީގެ ސަބަބުން ރަށުގެ ހާލަތު ވަނީ ވަރަށް ބޮޑަށް ކުރިއަރާފައެވެ.
ރަށުގެ ޙާލަތު
އާބާދީގައި 3500 މީހުން އުޅޭ ހ.އ އިހަފަރަކީ މަސްވެރިކަމާއި ދަނޑުވެރި ކަމުގައި ވަރަށް ކުރި އާރާފައިވާ ރަށެކެވެ. މި ރަށުގެ އާބާދީގެ ދެބައި ކުޅަ އެއްބަޔަކީ މަދަރުސާގައި ތަޢުލީމް ޙާޞިލްކުރަމުންދާ ކުޑަކުދިންނެވެ. އަދި މައުލޫމާތު ލިބުނު ގޮތުގައި ދަނޑުވެރިން ހައްދާ ތަކެތި ކައިރި ރިސޯޓު ތަކަށް ފޮނުވައެވެ. 2004 ވަނަ އަހަރު އެރި ސުނާމީ ކާރިސާގެ ސަބަބުން ރަށުގެ ފަޅު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. މި ފަޅު މަރާމާތު ކުރުމުގައި ވަނީ ވަރަށް ބޮޑެތި މައްސަލަތައް ޖެހިފައެވެ.
ފަޅު މާރާމާތު ކުރުމުގައި ދިމާވި މައްސަލަތައް
ސުނާމީ ކާރިސާގައި ހަލާކުވި ފަޅު މާރާމާތު ކުރުމުގެ މަސައްކަތް ފަށާފައި ވަނީ 26 ޑިސެމްބަރ 2010 ގައެވެ. މި ފަޅު މަރާމާތު ކުރުމަށް ސަޢުދީ ސަރުކާރުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. ފަޅު މަރާމާތު ކުރަމުން ދިޔަގޮތާއި މެދު ހިތްހަމަނުޖެހިގެން ރަށުގެ ރަށްޔިތުން ވަނީ ނިކުމެ މަސައްކަތް ހުއްޓުވާފައެވެ. އަޅުގަނޑުމެން ދިރާސާކުރި ގޮތުގައި އިހަފަރުގެ ފަޅު ފުންކުރުމާ ގުޅޭގޮތުން ރަށުގެ ރައްޔިތުންގެ ހިތުގައި އުފެދިފައިވާ ހިޔާލުތަކާއި އެދުންތަކަކީ ކޮބައިތޯ ބެލުމަށް ރައްޔިތުން މަޖިލީހުގެ އިހަފަރު ދާއިރާގެ އިއްޒަތްތެރި މެންބަރު އަލްފާޞިލް މުޙައްމަދު ޤާސިމް ނަޝީދު ވަނީ 22 ޖެނުއަރި 2009 ވަނަ ދުވަހު މެންދުރުފަހު ދެގަޑި ތިރިހުގައި ރައްޔިތުންނާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ބައިވެރިވެފައި ވަނީ 50 މެންބަރުންނެވެ. އަދި ރަށު ކައުންސިލްގެ ރައީސް އިބްރާހިމް ޔާމީން ވަހީދު ރަށުގައި ނެރޭ ދުވަހު ނޫހެއް ކަމަށްވާ ބައްތިރީސް ނޫހަށް ދިފައިވާ ބަސްތީގަތުމެއްގައި ބުނެފައިވަނީ ރަށު ކައުންސިލްގެ ފަރާތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ރައްޔިތުންގެ ބައްދަލުވުން ތަކަށް ދެންނެވި ނަމަވެސް ޙާޒިރު ވަނީ ވަރަށް މަދު އަދަދެއްގެ ރައްޔިތުންނެވެ. އަދިވެސް މައުލޫމަތު ލިބުނުގޮތުގައި ފަޅު މަރާމާތު ކުރުމުގެ މަސައްކަތް ކުރުމަށް ހަވާލު ކުރެއްވި އުވަދޯނި ކޮންސްޓްރަކްޝަންގެ ބޭފުޅުން މަސައްކަތް ކުރިޔަށް ގެންދިޔުމަށް ރަށުގެ މަދަނީ ޖަމިއްޔާތަކާއި ރަށުގެ އެއްވެސް ކޮމެޓީއަކާ މަޝްވަރާއެއް ނުކުރެއެވެ. ފަޅު ނުހެދި ގިނަ ދުވަސްތަކެށް ވުމުގެ ސަބަބުން ބޮޑެތި މައްސަލަތަކާއި ކުރިމަތިލާންޖެހުނެވެ. ހާއްސަކޮށް މަސްވެރިކަމަށް ވަރަށް ބޮޑެތި އަސަރުތަކެއްކުރިއެވެ.
މަސްވެރިކަމަށް ކުރި އަސަރު 
2004 ވަނަ އަހަރު ސުނާމީ ކަރިސާ ކުރިމަތި ވުމުގެ ކުރިން އިހަފަރުގެ މަސްވެރިކަން ވަރަށް ރަނގަޅަށް ކުރިޔަށް ދިޔައެވެ. ނަމަވެސް ފަޅު ހަލާކުވުމާ ގުޅިގެން ރަށުގެ މަސްވެރިކަން ވަނީ ވަރަށް ދަށަށް ގޮސްފައެވެ. ފަޅުގައި އޮޑިދޯނި ފަހަރުތައް ނޭޅެވުމުގެ ސަބަބުން މަސްވެރިންނަން ވަނީ މަހަށް ދިޔުމުގައި އުނދަގޫތަކާ ކުރިމަތިލާންޖެހިފައެވެ. މީގެ ސަބަބުން ރަށުގެ އިޤްތިސާދީ ހާލިތުވަނީ ވަރަށް ދަށަށްގޮސްފައެވެ. އެހެންކަމުން މި ކަމަށް ހައްލެއް ހޯދުން މުހިއްމެވެ.
ނިންމުން
މި މައްސަލަޔައް ހައްލެއް ހޯދުމަށްޓަކައި ރަށުގެ އެންމެންވެސް އެއްބައިވަންތަކަމާއެކު މަސައްކަތް ކުރިއަށް  ގެންދަންޖެހޭނެއެވެ. ޖަމިއްޔާތަކުންވެސް ރަށު ކައުންސިލްއާ ހިޔާލު ފާޅުކޮށް ރައްޔިތުންވެސް ރަށުކައުންސިލްގެ ފަރާތުން ބާއްވާ ބައްދަލުވުން ތަކުގައި ބައިވެރިވާންޖެހޭނެއެވެ. ފަޅު މަރާމާތު ކުރުމަށް ހަވާލު ކޮފައިވާ އުވަދޯނި ކޮންސްޓްރަކްޝަންގެ މެންބަރުންވެސް ޖަމިއްޔާތަކާއި އަދި ރައްޔިތުންނާ ބައްދަލުކޮށް މަޝްވަރާކުރަން ޖެހޭނެއެވެ. 

0 comments :

Post a Comment