ޢިލްމަކީ ކޮންއެއްޗެއްބާ
( ޢަބްދުﷲ ފަހުމީ ދީދީ )
ޢިލްމަކީ އެ މަޢާލިމޭ ވިޖަމާރަނގަޅު ކަންކަން އެދޭ،
އޭގެ
ސަބަބާއެކު މިއެންމެންނަށް ލިބޭ ކަންކަން އެދޭ
ޢިލްމަކީ އެއޮށޭ އެއިން ބިމުގައި ހިތުގެ ގަސްތައްފަޅާ،
އޭގެ ޡަމަރާތުން ދެދުނިޔޭގައި ލިބުން
ފައިދާ އެދޭ
ޢިލްމަކީ އެފެނޭއެއިން ހުރިހައިގަހަށް ފެންދީ ހެދޭ،
އޭގެ
ސަބަބުން ގަސްހެދޭ ގަހުގައިއަޅާ މޭވާ އެދޭ
ޢިލްމަކީ އެކަނޑޭ އެއިން ގިނަގުނަވި ފާއިދާތައް ލިބޭ،
އޭގެ
އަޑިޔަށް ތާއަބަދު މޫތީގަރުން ފީނުން އެދޭ
ޢިލްމަކީ އެއޮޔޭ މުރާދުގެ ނައު ދަތުރުތައް ފަހިކުރާ،
އޭގެ
ނިޔަނެތި ބާރު ނާ ދިމަޔަށް ދަމާ ބަނދަރާ އެދޭ
( ރީތިޅެން
8 )
ދައްކާ އެދަޅަތަކަށް ހެއްލުން
ހެޔޮވެދާނެހޭ؟
ޝައްކާ ވަހުމްތަކުން ދުރުހެލި ނުވެ
ވެދާނެހޭ؟
އުނިކޮށްފިނަމަ ރަނގަޅު ޞާލިޙު
ޢަމަލުތައް ތިމާ
ދުނިޔޭގެ ގިނަ ހަލާކުތަކުން
މިންޖުވާނެހޭ؟
ނަފްސަށް ތިމާ ނުކުރިނަމަ
އިތުބާރު ހަރުދަނާ
ސަފުގާ ރަނގަޅު ޓިކާނާ ބަހުގައި
ވެދާނެހޭ؟
ތެދުވެރި ކަމެއްނުވާނަމަ އެދުމަށް
ތިމާއެދޭ
މެދުވެރި ވެދާނެ ޔާރެއް ވެދުމުން
ވެދާނެހޭ؟
ހިތުގާ ރަޙުމް ނުވާނަމަ މިތުރެއް
ކަމަށްބަލާ
އިތުރަށް އެހީވެދޭނެ މީހަކު ވެދާނެހޭ؟
(
ރީތިޅެން 7 )
( ހުސެއިން ޞަލާޙުއްދީން )
ތައުލީމު ނެތަމަތާކު ޒަމާނައި
އެކުވެގެން
ތަންދާނެޔެ ބުއްދީގެ މަގުންއެއްކިބާވެގެން
ދީނަށްނުމެ ވިސްނައިއުޅުމުން
އެކަނި ދުނިޔެއަށް
ޒީނަތްތެރިކަން ވާނެޔޭ ހަމަ ކުނިވެ
އުނިވެގެން
ހިތްހެޔޮކަމާއި އެކުވެރިކަން
ކުރިއަރައިގެނޭ
ފިތުނައިގެ ގިނީން
މިންޖުވަނީތާއަބަދުވެގެން
އިޘާރުމުވާސާތު ޞަބްރު ހަމްދަރުދީކަން
ވީތާކުގަޔޭ ނަޞްރުވަނީ ހަމަވެ ގަދަވެގެން
އިލްމާއި އަމަލު ގުޅުވިނުދާނަމަ
ބަޔަކުތެރޭ
ހިލްކަންވެދެޔޭޖާ ކަމަކަށް ވާމޭ
މޮޅުވެގެން
( ރީތި ޅެން 2 )
0 comments :
Post a Comment